1.
ޝަޚްޞިއްޔަތުން (ކަރެކްޓަރުން)
ވާހަކައިގެ ޝަޚްޞިއްޔަތުން ނުވަތަ ވީރުންނަކީ
އެވާހަކައިގައި އުޅޭ މީހުންނެވެ. ވާހަކާގައި ހިނގާ އެންމެހާ ކަންތައްތައް ބިނާވާނީ
އެވާހަކައިގައި އުޅޭ ޝަޚްޞިއްޔަތުންގެ މައްޗަށެވެ. ޚިޔާލީ ވާހަކައެއް ނަމަވެސް
އެވާހަކާގައި އުޅޭ ޝަޚްޞިއްޔަތުން ހަޤީޤަތާއެއްގޮތަށް ބައްޓަން ކުރުން ވަރަށް
މުޙިއްމެވެ. އެމީހުން އުޅޭ އުޅުމާއި ކުރާކަންތައްތައް ވާންވާނީ ހަޤީޤީ
ދިރިއުޅުމުގައި މީހުންކުރާ ފަދަ ކަންކަމަށެވެ.