Sunday, July 21, 2013

މަޒުމޫނު 2

ޕެރެގުރާފުގެ އުންސުރުތައް
      ޕެރެގުރާފެއް ބިނާވެގެންވަނީ މައިގަނޑު އެއް ޚިޔާލެއްގެ މައްޗަށް އަމުނާލެވިގެން ގަތާލެވިފައިވާ ޖުމުލަތަކަކުންނެވެ. ޕެރެގުރާފެއްގައި ނަމަ އެއް ޖުމުލައަށްވުރެ ގިނަ ޖުމުލަތައް ހިމެނޭނެ އެވެ. މިދެންނެވި ކޮންމެ ޖުމުލައަކީ ވަކިވަކި ވަޒީފާތަކެއް އަދާކުރާ ޖުމުލަތަކެކެވެ. ކޮންމެ ޖުމުލަ އަކަށް ޕެރެގުރާފުން ޚާއްޞަ ވަކި ޖާގައެއް އޮވެ އެވެ. އެހެންކަމުން، ޕެރެގުރާފުގައި ހިމެނޭ ކޮންމެ ޖުމުލައަކީ ވަކިކަހަލަ މަސައްކަތްތަކެއް ފުރިހަމަކުރުމަށް ބޭނުންކުރާ ޖުމުލައަކަށްވުމުން ޕެރެގުރާފުގެ ފެންވަރު އިތުރުވެގެންދާނެ އެވެ. ފުރިހަމަ ޕެރެގުރާފެއްގައި ނަމަ މަދުވެގެން އަސާސީ ތިން ވައްތަރެއްގެ ޖުމުލަ ހުންނާނެ ކަމަށް މަޝްހޫރު އަދީބު އެންޑީ ޖޯންސް (އ.ނ) ހާމަކުރައްވަ އެވެ. 

ފުރިހަމަ ޕެރެގުރާފެއްގައި ހިމެނޭ އުންސުރުތައް
ފުރިހަމަކޮށް އެކުލަވާލެވިފައިވާ ޕެރެގުރާފެއްގައި މައިގަނޑު ތިން ޖުމުލައެއް ހިމެނަން ވާނެ އެންޑީ ޖޯންސް (އ.ނ) ހާމަކުރައްވައެވެ. އެއީ:
1.                  މައިގަނޑު ޖުމުލަ
2.                  ބާރުދޭ ޖުމުލަތައް
3.                  ނިންމާ ޖުމުލަ

1.     މައިގަނޑު ޖުމުލަ
                       މައިގަނޑު ޖުމުލައަކީ މައިގަނޑު ނުކުތާ ހިމެނޭ ޖުމުލަ އެވެ. އާއްމުގޮތެއްގައި ކޮންމެ ޕެރެގުރާފެއް ވެސް ބިނާ ކުރަންވާނީ މައިގަނޑު އެއް ނުކުތާގެ މައްޗަށެވެ. އާއްމު ގޮތެއްގައި ޕެރެގުރާފުގެ ފަށާ ޖުމުލައަކީ މައިގަނޑު ނުކުތާގެ މައްޗަށް ބިނާވެފައިވާ ޖުމުލަ އެވެ. ބައެއް ފަހަރު ޕެރެގުރާފުގެ ނިންމާ ޖުމުލަ ނުވަތަ މެދުތެރޭ ޖުމުލައެއްގެ ގޮތުގައިވެސް މައިގަނޑު ނުކުތާ ހިމެނޭ ޖުމުލަ ހިމަނާފައި ހުރެ އެވެ. އަލަށް މަޒުމޫނު ލިޔަން ދަސްކުރާ ދަރިވަރުން ފަރިތަކުރުން އެންމެ ރަނގަޅަކީ މައިގަނޑު ނުކުތާ ފުރަތަމަ ޖުމަލައިގެ ގޮތުގައި ގެނެސް ޕެރެގުރާފު ފެށުމެވެ. މަޒުމޫނު ލިޔަން ފަރިތަވެ މިފަންނުގައި ކުރިއަރާދާ މިންވަރަކުން އަމިއްލަ ގޮތްތައް ބޭނުންކުރުން ރަނގަޅުވާނެ އެވެ.
                       މިސާލުތައް: (ދަށު ރޮނގު ދަމާފައި އެވަނީ މައިގަނޑު ޖުމުލަތަކުގަ އެވެ.)
  ދިވެހިބަހަށް ޝައުޤުވެރި ޖީލެއް ބިނާކުރެވޭނީ...
  ބަހަށް ޝައުޤުވެރިވާ ޖީލެއް ބިނާކުރުމަށްޓަކައި އެކަމަށް ބޭނުންވާނޭ ފޮތް އިތުރުކުރުމަށް ކުރެވިދާނެ ކަމަކީ ބޭރުގެ އެކިބަސްބަހުން ލިޔެފައިވާ ފޮތްތައް ދިވެހިބަހަށް ތަރުޖަމާ ކުރުމެވެ. މިގޮތުން، ތަފާތު އެކި ދާއިރާތަކުން ބޭރުގެ އެކިއެކި ފިލޯސަފަރުންނާއި އަދީބުން ލިޔެ ޝާއިޢުކޮށްފައިވާ މަޤުބޫލު ފޮތްތައް ދިވެހިބަހަށް ގެނެވިދާނެ އެވެ. ސިޔާސީ، އިޖުތިމާއީ، ދީނީ، ސަގާފީ، ޢިލްމީ ފޮތްތަކާއި މައުލޫމާތު ހިމެނޭ އެކުމާފާނުތައް ދިވެހިބަހަށް ތަރުޖަމާ ކުރެވިދާނެ އެވެ. (ނުނިމޭ)
                        =ފަތުހުﷲ އަޙްމަދު (2012)=

                       "މިނިވަންކަމުން އަޅުވެތިކަމަށް ދާނަންހޭ؟ ނުދާނަމޭ!"
                       ދިވެހިރާއްޖެ އަކީ ޢިލްމީ ގޮތުން ކުރިއަރަމުން އަންނަ ދަރީންތަކެއް ތިބި، ޢިލްމީ ނޫރުން ހިތުގެ އަލިކަން ލިބިގެންވާ މުވާޠިނުންތަކެއް އުޅެމުން އަންނަ ކުޑަކުޑަ ޤައުމެކެވެ. ބޭރުގެ އެކިއެކި ޔުނިވަރސިޓީތަކާއި ކޮލެޖުތަކުން ހިންގާ އެކިއެކި ކޯސްތަކުގައި ބައިވެރިވާ ދިވެހިދަރީން މިދަނީ އިތުރުވަމުންނެވެ. އެހެންމެ، އެފަދަ މުއައްސަސާތަކުގައި ހިންގާ "މަތީ ދަރަޖަ" އަދި "އެންމެ މަތީ ދަރަޖަ"އިގެ ތަފާތު އެކި ކޯސްތަކުން ދިވެހިން މިދަނީ ރަންވަނަތައް ޚާޞިލުކޮށް، ޢިލްމީ ގޮތުން އުސްވަނަތަކެއް ހޯދައި ދިވެހިރާއްޖެ އަށް ރީތި ނަންތަކެއް ހޯދައިދެމުންނެވެ. ރާއްޖޭގެ ނިސްބަތުން، ރާއްޖޭގައި ވެސް މޮޅެތި ފަލްސަފާވެރިންނާއި، އުސްތާޛުންނާއި، ޢާލިމުންނާއި، ޙާކިމުންނާއި، އެފަދަ އެހެނިހެން ދާއިރާތަކުގެ ޢިލްމީ ބޭފުޅުން އެބަތިއްބެވެ. މިފަދަ ޢިލްމީ ޖީލެއް މިޤައުމަށް ލިބުމުގެ ފަހަތުގައިވާ ހަޤީޤަތަކަކީ ޢިލްމު ހޯދުމަށް ހުޅުވާލެވިފައިވާ މިނިވަން ކަމުގެ ދޮރުތަކެވެ. ބޭނުން ޤައުމަކަށް ބޭނުން ދިމާލަކަށް ގޮސް ޢިލްމު އުނގެނިގަތުމުގެ ފަހިކަމެވެ. ދިވެހި މުވާޠިނުން ޢިލްމު އުނގެނުމާއި ޢިލްމު ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅި އެކަމާ ހަނގުރާމަ ކުރަން ޖެހޭނެފަދަ ދުވަހެއް ދެކޭކަށް ދިވެހިން ބޭނުމެއް ނޫނެވެ. އެހެންކަމުން، މިނިވަންކަމުގައި ތިބެ އަނދިރިކަން ނޭނގޭ ފުންވަޅުގަނޑަކަށް ފުންމާލާކަށް އެއްވެސް ދިވެއްސަކު ބޭނުމެއް ނޫނެވެ. އެފަދަ ކަމަކަށް ލިބޭ ކޮންމެ ދަޢުވަތަކަށް ދޭން ބޭނުންވަނީ އެންމެ ޖަވާބެކެވެ. އެއީ، "ނުދާނަމޭ" އެވެ.
                        =ފަތުހުﷲ އަޙްމަދު (2012)=
                                                                     ދިވެހިބަސް ކުރި ނާރަނީ ޠަބިޢީގޮތުން ބަހަށް އަންނަ ބަދަލުތައް ހަނިކަމުންނެވެ.
                       ބަހުގައި ހިމެނޭ ޢިލްމީ ޚަޒާނާ މުއްސަނދި ވުމަކީ ބަހުގެ ޠަބީޢަތުގައި ބަސްކުރިއަރައި ދިޔުމަށް މަގުފަހިވާނެ ކަމެކެވެ. މިގޮތުން، ބަހުގެ މަޖައްލަތަކާއި ޢިލްމީ މަޖައްލާތަކާއި ޢިލްމީ ޕޮރޮގުރާމުތަކާއި ޢިލްމީ ބަހުސްތައް ކުރުމުގެ ފުރުޞަތުތައް ލިބުމަކީ  ޢިލްމީ ޚަޒާނާ މުއްސަނދި ވާނެކަމެކެވެ. ދިވެހިބަހުން މިފަދަ ފުރުޞަތުތައް ހުރިލެއް މަދީ އެވެ. ޤައުމީ ފެންވަރުގައި ޢިލްމީ ބަހުސް މުބާރާތްތަކާއި ޢިލްމީ ޕުރޮގުރާމްތައް ހިންގޭ މިންވަރު މަދީ އެވެ. ނަތީޖާއެއްގެ ގޮތުން ބަހުގައި ހިމެނޭ ލަފުޒުތައް ހެދިބޮޑުވަމަށް ހުރި ފުރުޞަތުތައް މަދުވަނީ އެވެ. އައު ލަފުޒުތައް އުފަންވުމަށް އޮތް ޖަގަހަތައް ހަނިވަނީ އެވެ. ލަފުޒުތަކުގެ މާނަތައް ފުޅާވުމަށް ހުރި ދޮރުތައް ބަންދުވަނީ އެވެ. ބަހުގެ މުއްސަނދި ސަޤާފަތަށް ޒުވާން ޖީލު ބީރައްޓެހިވާނީ އެވެ. މިކަމުގެ ސަބަބުން ދިވެހިބަސް ކުރިއެރުމަށް ގޮންޖެހުންތައް ކުރިމަތިވަނީ އެވެ. އެހެންކަމުން، ބަހުގެ ޢިލްމީ ޚަޒާނާ މުއްސަނދިކުރުމުން ސީދާކޮށްނާއި ނުސީދާކޮށް ބަސް ކުރިއަރައި ބަހުގެ ދުވެލި ހަލުވިވެ ބަހުގެ ތޫނުކަން ޠަބީޢަތުގައި އިތުރުވާނެ އެވެ.
                        =ފަތުހުﷲ އަޙްމަދު (2011) /2011ވަނަ އަހަރުގެ ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުން 2 ވަނަ އަށް ދިޔަ މަޒުމޫނުން ނަގާފައި=
2.      ބާރުދޭ ޖުމުލަތައް
                       މައިގަނޑު ނުކުތާ ހިމެނުމަށްފަހު ދެން ހިމަނަން ޖެހޭނީ އެނުކުތާގެ ބާރުގަދަކޮށް އެ ބުނި ބުނުން ސާބިތު ކޮށްދިނުމަށް ބޭނުންވާނޭ ހެކިތަކެވެ. މިސާލާއި، ތަފާސް ހިސާބާއި، ހުއްޖަތާއި ދަލީލުތަކުގެ އިތުރުން ބުނުންތަކާއި ދިރާސާތަކުން ނުކުތް ނަތީޖާތަކާއި ޢިލްމީ ހެކިތައް މިބައިގެ ތެރޭގައި ހިމެނިދާނެ އެވެ. އާއްމު ގޮތެއްގައި މިބައިތައް ހިމެނިގެންދަނީ ޕެރެގުރާފުގެ މެދު ތެރޭގައެވެ. މިއީ ޕެރެގުރާފުގެ މައިގަނޑު ބައެކެވެ. މިބައިގައި އެއް ޖުމުލައަށްވުރެ ގިނަ ޖުމުލަތައް ހިމެނިދާނެ އެވެ. ވަކިވަކި ކޮންމެ ހެއްކެއް ނުވަތަ ބާރުދޭ ސަބަބެއް ހިމެނުން ރަނގަޅީ ވަކި ޖުމުލަ އެއްގެ ގޮތުގައެވެ. އެހެންނޫނީ އޮޅުންބޮޅުން އަރައި ބުނަން ބޭނުންވާ ވާހަކަ ނޫން އެހެން ވާހަކައެއް ޖުމުލައިން ދޭހަ ކުރެވިދާނެ އެވެ. އަދި ޕެރެގުރާފުގެ މިސްރާބު އެހެން ދިމާއަކަށް ދީލައިގެން ގޮސް ދަފަރާ ނުވެގެން އުޅެން ޖެހިދާނެ އެވެ.

                       މިސާލުތައް: (ދަށު ރޮނގު ދަމާފައި އެވަނީ މައިގަނޑު ޚިޔާލަށް ބާރުދޭ ޖުމުލަތަކުގައެވެ.)
ދިވެހިބަސް ކުރި ނާރަނީ ޠަބިޢީގޮތުން ބަހަށް އަންނަ ބަދަލުތައް ހަނިކަމުންނެވެ.
ބަހުގައި ހިމެނޭ ޢިލްމީ ޚަޒާނާ މުއްސަނދި ވުމަކީ ބަހުގެ ޠަބީޢަތުގައި ބަސްކުރިއަރައި ދިޔުމަށް މަގުފަހިވާނެ ކަމެކެވެ. މިގޮތުން، ބަހުގެ މަޖައްލަތަކާއި ޢިލްމީ މަޖައްލާތަކާއި ޢިލްމީ ޕޮރޮގުރާމުތަކާއި ޢިލްމީ ބަހުސްތައް ކުރުމުގެ ފުރުޞަތުތައް ލިބުމަކީ  ޢިލްމީ ޚަޒާނާ މުއްސަނދި ވާނެކަމެކެވެ.  ދިވެހިބަހުން މިފަދަ ފުރުޞަތުތައް ހުރިލެއް މަދީ އެވެ. ޤައުމީ ފެންވަރުގައި ޢިލްމީ ބަހުސް މުބާރާތްތަކާއި ޢިލްމީ ޕުރޮގުރާމްތައް ހިންގޭ މިންވަރު މަދީ އެވެ.  ނަތީޖާއެއްގެ ގޮތުން ބަހުގައި ހިމެނޭ ލަފުޒުތައް ހެދިބޮޑުވަމަށް ހުރި ފުރުޞަތުތައް މަދުވަނީ އެވެ. އައު ލަފުޒުތައް އުފަންވުމަށް އޮތް ޖަގަހަތައް ހަނިވަނީ އެވެ. ލަފުޒުތަކުގެ މާނަތައް ފުޅާވުމަށް ހުރި ދޮރުތައް ބަންދުވަނީ އެވެ. ބަހުގެ މުއްސަނދި ސަޤާފަތަށް ޒުވާން ޖީލު ބީރައްޓެހިވާނީ އެވެ. މިކަމުގެ ސަބަބުން ދިވެހިބަސް ކުރިއެރުމަށް ގޮންޖެހުންތައް ކުރިމަތިވަނީ އެވެ. އެހެންކަމުން، ބަހުގެ ޢިލްމީ ޚަޒާނާ މުއްސަނދިކުރުމުން ސީދާކޮށްނާއި ނުސީދާކޮށް ބަސް ކުރިއަރައި ބަހުގެ ދުވެލި ހަލުވިވެ ބަހުގެ ތޫނުކަން ޠަބީޢަތުގައި އިތުރުވާނެ އެވެ.
=ފަތުހުﷲ އަޙްމަދު (2011) 2011ވަނަ އަހަރުގެ ޤައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުން 2 ވަނަ އަށް ދިޔަ މަޒުމޫނުން ނަގާފައި=

"މިނިވަންކަމުން އަޅުވެތިކަމަށް ދާނަންހޭ؟ ނުދާނަމޭ!"
ދިވެހިރާއްޖެ އަކީ ޢިލްމީ ގޮތުން ކުރިއަރަމުން އަންނަ ދަރީންތަކެއް ތިބި، ޢިލްމީ ނޫރުން ހިތުގެ އަލިކަން ލިބިގެންވާ މުވާޠިނުންތަކެއް އުޅެމުން އަންނަ ކުޑަކުޑަ ޤައުމެކެވެ. ބޭރުގެ އެކިއެކި ޔުނިވަރސިޓީތަކާއި ކޮލެޖުތަކުން ހިންގާ އެކިއެކި ކޯސްތަކުގައި ބައިވެރިވާ ދިވެހިދަރީން މިދަނީ އިތުރުވަމުންނެވެ. އެހެންމެ، އެފަދަ މުއައްސަސާތަކުގައި ހިންގާ "މަތީ ދަރަޖަ" އަދި "އެންމެ މަތީ ދަރަޖަ"އިގެ ތަފާތު އެކި ކޯސްތަކުން ދިވެހިން މިދަނީ ރަންވަނަތައް ޚާޞިލުކޮށް، ޢިލްމީ ގޮތުން އުސްވަނަތަކެއް ހޯދައި ދިވެހިރާއްޖެ އަށް ރީތި ނަންތަކެއް ހޯދައިދެމުންނެވެ. ރާއްޖޭގެ ނިސްބަތުން، ރާއްޖޭގައި ވެސް މޮޅެތި ފަލްސަފާވެރިންނާއި، އުސްތާޛުންނާއި، ޢާލިމުންނާއި، ޙާކިމުންނާއި، އެފަދަ އެހެނިހެން ދާއިރާތަކުގެ ޢިލްމީ ބޭފުޅުން އެބަތިއްބެވެ. މިފަދަ ޢިލްމީ ޖީލެއް މިޤައުމަށް ލިބުމުގެ ފަހަތުގައިވާ ހަޤީޤަތަކަކީ ޢިލްމު ހޯދުމަށް ހުޅުވާލެވިފައިވާ މިނިވަން ކަމުގެ ދޮރުތަކެވެ. (ނުނިމޭ)
=ފަތުހުﷲ އަޙްމަދު (2012)=
ދިވެހިބަހަށް ޝައުޤުވެރި ޖީލެއް ބިނާކުރެވޭނީ...
އިނގިރޭސި ބަހުގައި އަދައްބިއްޔާތުގެ ބައިތައް ވަކިކޮށްފައި އޮންނަ ބީދައިން، ދިވެހި ބަހުގައިވެސް "ޅެންވެރިކަން" ނުވަތަ "އަދަބިއްޔާތު" ވަކިކޮށް މަދަރުސާތަކުގައި ކިޔާވާ މާއްދާއެއްގެ ގޮތުގައި ހަމަޖެއްސުމީ ދިވެހިޅެންވެރިކަމަށް ދިރުން ގެނައުމަށް ކުރެވިދާނެ ކަމެކެވެ. މި މާއްދާއަކީ ޤައުމީ ފެންވަރުގައި އިމްތިޙާނުކުރެވޭ މާއްދާއަކަށް ހެދިދާނެ އެވެ. މީގެއިތުރުން، މި މާއްދާއާ ގުޅުންހުރި އިތުރު ކޯސްތައް އުފައްދާ އެ ދާއިރާއިން އިތުރަށް ކުރިއަށް ދެވޭނެ މަގުތައް ފަހިކޮށްދެވިދާނެ އެވެ. މިފަދަ ގޮތަކަށް ކަންކުރެވިއްޖެ ނަމަ ދިވެހި ޅެންވެރިކަމުގެ މައްޗަށް ކުރެވޭ ޢިލްމީ ދިރާސާތައް އިތުރުވެ ޅެންވެރިކަމުގައި ހުރި މުއްސަނދިކަން އަމިއްލައަށް ވަޒަންކުރުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ފަހިވެގެން ދާނެ އެވެ. ނަތީޖާއެއްގެ ގޮތުން، ޅެންވެރިކަމަށް ދިރުންލިބި، "ބޮކިފުރާޅުއަލި"ން ޒީނަތްވެފައިވާ ޅެންވެރިކަމުގެ ގުލްޝަން ތާޒާވެ "އަލިފުޅާއި ބަކަރި" އާ އެކު އަމާން މަންޒިލަކަށް ދިޔުމުގެ މަގު ފަހިވެގެންދާނެ އެވެ. މިކަމުން ބަސްދެކެ ލޯބިވާ ބަހަށް ޝައުޤުވެރިވާ ހިތްތަކުގެ އަދަދު އިންތިހާއަށް އިތުރުވެގެން ދާނެ އެވެ.
 =ފަތުހުﷲ އަޙްމަދު (2012)=


3.      ނިންމާ ޖުމުލަ ނުވަތަ ވަށާ ޖައްސާ ޖުމުލަ
                       މިއީ މުޅި ޕެރެގުރާފުގައި ހުށަހަޅާފައިވާ ހުރިހާ ވާހަކަތަކެއް އެއްކޮށްލާ އެމުނި އެކުލަވާލުމަށް ބޭނުން ކުރާ ޖުމުލަ އެވެ. މި ޖުމުލައިގެ އެހީގައި ދެއްކި ހުރިހާ ވާހަކަތަކެއް ވަށާޖައްސާ މައުޟޫއުގެ ތެރެއަށް ފައްތާލާ ވަށާ ޖައްސާލާނެ އެވެ. އާއްމު ގޮތެއްގައި މި ޖުމުލަ ހިމެނޭނީ ޕެރެގުރާފުގެ އެންމެ ފަހު ޖުމުލައިގެ ގޮތުގަ އެވެ. ބައެއް ފަހަރު މި ޖުމުލަ ހުޅުވާލެވިފައިވާ ޖުމުލަ އެއްގެ ގޮތުގައި ދޫކޮށްލެވިފައި ވެސް ހުރެ އެވެ. ބޭނުންނަމަ މި ޖުމުލައަށް ފަހު، ކަންކުރުމުން ނިކުންނާނެ ނަތީޖާ ބަޔާންކުރެވިދާނެ އެވެ.
                       މިސާލުތައް:(ދަށު ރޮނގު ދަމާފައި އެވަނީ ނިންމާ ޖުމުލަތަކުގަ އެވެ.)
                       ދިވެހިބަހަށް ޝައުޤުވެރި ޖީލެއް ބިނާކުރެވޭނީ...
                       އިނގިރޭސި ބަހުގައި އަދައްބިއްޔާތުގެ ބައިތައް ވަކިކޮށްފައި އޮންނަ ބީދައިން، ދިވެހި ބަހުގައިވެސް "ޅެންވެރިކަން" ނުވަތަ "އަދަބިއްޔާތު" ވަކިކޮށް މަދަރުސާތަކުގައި ކިޔާވާ މާއްދާއެއްގެ ގޮތުގައި ހަމަޖެއްސުމީ ދިވެހިޅެންވެރިކަމަށް ދިރުން ގެނައުމަށް ކުރެވިދާނެ ކަމެކެވެ. މި މާއްދާއަކީ ޤައުމީ ފެންވަރުގައި އިމްތިޙާނުކުރެވޭ މާއްދާއަކަށް ހެދިދާނެ އެވެ. މީގެއިތުރުން، މި މާއްދާއާ ގުޅުންހުރި އިތުރު ކޯސްތައް އުފައްދާ އެ ދާއިރާއިން އިތުރަށް ކުރިއަށް ދެވޭނެ މަގުތައް ފަހިކޮށްދެވިދާނެ އެވެ. މިފަދަ ގޮތަކަށް ކަންކުރެވިއްޖެ ނަމަ ދިވެހި ޅެންވެރިކަމުގެ މައްޗަށް ކުރެވޭ ޢިލްމީ ދިރާސާތައް އިތުރުވެ ޅެންވެރިކަމުގައި ހުރި މުއްސަނދިކަން އަމިއްލައަށް ވަޒަންކުރުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ފަހިވެގެން ދާނެ އެވެ. ނަތީޖާއެއްގެ ގޮތުން، ޅެންވެރިކަމަށް ދިރުންލިބި، "ބޮކިފުރާޅުއަލި"ން ޒީނަތްވެފައިވާ ޅެންވެރިކަމުގެ ގުލްޝަން ތާޒާވެ "އަލިފުޅާއި ބަކަރި" އާ އެކު އަމާން މަންޒިލަކަށް ދިޔުމުގެ މަގު ފަހިވެގެންދާނެ އެވެ. މިކަމުން ބަސްދެކެ ލޯބިވާ ބަހަށް ޝައުޤުވެރިވާ ހިތްތަކުގެ އަދަދު އިންތިހާއަށް އިތުރުވެގެން ދާނެ އެވެ.
                         =ފަތުހުﷲ އަޙްމަދު (2012)=
                       ދިވެހިވަޒަން ބަހުރުވާގެ ބާވަތްތައް ދިރުވާ އާލާކުރުމަށް ކުރެވިދާނެ ކަންތައް
                       ޤައުމީ ފެންވަރުގައި ބޭއްވޭ ޤައުމީ މުބާރާތްތަކުގައި ބައިވެރިވެ ޅެންހަދާ ދަރިވަރުންނާއި އާއްމު ފަރާތްތަކުން ހަދާ ޅެންތައް؛ ޚާއްޞަކޮށް ވަނަވަނަ ލިބޭ ޅެންތައް އާއްމު ކުރެވޭނެ އުޞޫލެއް ހެދުމަކީ ވަޒަންބަހުރުވާގެ ޢިލްމީ ހަޒާނާ މުއްސަނދިވާނެ ކަމެކެވެ. ހަމައެހެންމެ، މި ބާވަތްތަކުގެ ފޮތްތައް އިތުރުކުރެވޭނެ ކަމެއްވެސް މެ އެވެ. މިގޮތުން، ކޮންމެ އަހަރަކު ބޭއްވޭ ޤައުމީ ޅެންހެދުން ނުވަތަ ވަޒަންބަހުރުވާގެ ބާވަތްތައް ހެދުމުގެ މުބާރާތުގައި ބައިވެރިކުރެވޭ ހުރިހާ ޅެންތަކުން އަދަބީގޮތުން ފޭރާން ހެޔޮ ބާވަތްތައް ހިމަނައިގެން ކަމާ ބެހޭ މުއައްސަސާއިން މަދުވެގެން އަހަރަކު އެއްފަހަރު ފޮތެއް އެކުލަވާލާ ބާޒާރަށް ނެރެވިދާނެ އެވެ. މިގޮތަށް ހަދާލެވިއްޖެ ނަމަ ވަޒަންބަހުރުވާގެ ބާވަތްތަކުގެ ދިރާސާހަދާނެ ދަރިވަރުންނަށް އެކަމަށް މަގުފަހިވެ، ފޮތްތަކާއި އަދަބީ ބާވަތްތައް ދިވެހިބަހުން ނެތޭ ބުނެ އިއްވޭ އަޑުތައް މަދުވެ އެކަމަށް އީޖާބީ ޙައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރެވެ އެވެ. އާޚިރުނަތީޖާއަކަށްވާނީ، ޢިލްމީ ދިރާސާތަކުން ދިވެހި އަދަބީ ޖައްވަށް ރޯޝަންކަން ލިބި އަދަބީ އިރު ފަރި ޝުއާޢުތަކުން ފަރިކަން ލިބިގެން ދިޔުމެވެ.
                         =ފަތުހުﷲ އަޙްމަދު (2012)=
ފުރިހަމަ އަށް ގަތާލެވިފައިވާ ޕެރެގުރާފެއް ނަމަ މައިގަނޑު ޖުމުލަ، ބާރުދޭ ޖުމުލަ އަދި ނިންމާ ޖުމުލަތައް ހުށަހަޅާއިރު، އެއް ޖުމުލައިން އަނެއް ޖުމުލަ ބަނދެލުމަށްޓަކައި ގުޅުވާ އަކުރުތައް ބޭނުން ކުރުން މުހިއްމެވެ. މިގޮތުން ބޭނުން ކުރެވިދާނެ ބައެއް އާދައިގެ ގުޅުވާ އަކުރުތަކަކީ، "މިސާލަކަށް"، "މިގޮތުން"، "ހަމައެހެންމެ"، "މީގެއިތުރުން"، އެހެނަސް" އެވެ.
http://cai.ucdavis.edu/uccp/paragraphing.html ނެގީ:




*** *** ***



2 comments:

  1. v furihama liyumeh...thi kuravva bura massakathah saabas ....

    ReplyDelete